މީމު އެއާޕޯޓު ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ޚަބަރު ފަހުގެ

މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި އެ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ފަޔަރ ބިލްޑިންގ ގެ ޕްލާސްޓަރިންގ މަސައްކަތާއި، ރަންވޭ ހަދަން ހަމަޖެހިފައިވާ ސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތާއި، ޓާރމިނަލް ބިލްޑިންގ ގެ ފައުންޑޭޝަން މަސައްކަތްތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

މީގެ އިތުރުން 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫޢަކީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ