ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ދަތުރު ކުރި ކަމަށް ބެލެވޭ ކެނޯ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ، ނ.ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި އާންމު މީހަކަށް ފެނިގެން އެ ރަށުގެ ކައުންސިލަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ރާމިޒް ދަތުރުކުރިކަމަށް ބެލެވޭ ކެނޯ ފެނުނުކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު އެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ.
ރާމިޒް އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް އާއިލާގެ މީހުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވޭ ކަމަށް ރާމިޒްގެ އާއިލާ އިން ބުނެފައިވެ އެވެ.
އެހެންވެ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ


