ޔޫއެފާ ސުޕަރކަޕަށް ސަޕޯޓަރުން ވައްދާނެކަމުގެ ޔަޤީންކަށް ދީފި

ކުޅިވަރު ފަހުގެ


ޔޫއެފާ ސުޕަރކަޕަށް ސަޕޯޓަރުން ވައްދާނެކަމުގެ ޔަޤީންކަށް ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔޫއެފާ) އިން ދީފިއެވެ.

އެމެޗަށް ސަޕޯޓަރުން ވައްދަން ނިންމާފައިވާން ޔޫއެފާއިން ހާމަކޮށްފައިވަނީ މިއަދުއެވެ. އަދި އެމެޗަށް ސްޓޭޑިއަމްގެ 30 ޕަސެންޓް ސަޕޯޓަރުން ވައްދާނެކަމަށް ޔޫއެފާއިންވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްއަށް ޖުމްލަ ވަދެވޭނީ 67،215 މީހުންނަށެވެ. އެހެންކަމުން ފޯރިގަދަ އެމެޗު ބަލަން 20،164 މީހުންނަށް ވަދެވޭނެއެވެ.

ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ބައްދަލުކުރާނީ ޗެމްޕިއަންސް ލީގު ޗެމްޕިއަން ބަޔާން މިއުނިކާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރެޔެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ