ސާއްބަ ވާދެމުން 8 ވަނަ މުބާރާތް ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބު ގެ ފަރާތުން އަލްހާ އީދުގައި ބާއްވަމުން އަންނަ ވާދެމުމުގެ މުބާރާތް މިއަދު ފަށައިފިއެވެ. މިއީ އެކުލަބުން މިގޮތަށް ބާއްވާ 8 ވަނަ ވާދެވުމުގެ މުބާރާތެވެ.

މި މުބާރާތް ފައްޓަވައިދެއްވީ ހަނިމާދޫ ކައުންސިލް ނައިބުރައީސް ފިރާގް އަދި ކައުންސިލް މެންބަރ ނާޒިޔާ އަދި ޑަބުލިޔުޑީސީގެ ރައީސް ޝިއުނީގެ އިތުރު ސާއްބަ އެކުވެރި ކުލަބުގެ ފައުންޑާ މެންބަރ އަލީ މުހައްމަދުގެ ވާދެމުމަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަދު ވަނީ މުބާރާތުގެ 6 މެޗު ކުޅެފައެވެ. އެގޮތުން ފިރިހެންވެރިންގެ ފުރަތަމަ މެޗުގައި ވާދަކުރީ ރޫހު ލެޖެންޑް އާއި ވާދެމޭއެވެ. މި މެޗު 2-1 ކާމިޔާބުކުރީ ވާދެމޭ އެވެ. ދެވަނަ މެޗުގައި ރޫހު އަދި ނިދަން މިޔަރު ބައްދަލުކޮށް ސިދާ 2 ދެމުމުން ކާމިޔާބު ކުރީ ރޫހުއެވެ. ތިންވަނަ މެޗުގައި ރޫހު ލެޖެންޑް ވާދަކޮށް އެއްލަކިން ވަނީ ސީދާ 2 ދެމުމުން މޮޅުވެފައެވެ.

ކަނބަލުންގެ ފުރަތަމަ މެޗުގައި ވާދަކުރީ އެއްލަކި އަދި ގުލޮރީ ގާލްއެވެ. މިމެޗު 2 ދެމުމުން ކަމިޔާބުކުރީ އެއްލަކިނެވެ. ރޫހު އަދި ގޯޕަލާ ގޯޕަލާ ވާއްދަކޮށް ގަދަހިފުމަށްގޮސް 2-1 މޮޅުވީ ރޫހު އެވެ. ތިންވަނަ މެޗުގައި އެއްލަކި ވަނީ ސީދާ ދެ ދެމުމުން ޕަބްޖީ ބަލިކޮށްފައެވެ.

މި މުބާރަތުގެ މެޗުތައް މާދަމާ ހަވީރުވެސް ކުޅެން ވަނީ ތާވަލް ކޮށްފައެވެ. މެޗުތައް ފަށާނީ 16:30 ގައި އިލިޔާ ގެޔާދިމާ އަތިރީގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ