ސާއްބަ ވާދެމުން ފައިނަލަށް ފިރިހެން ފަޅިން ވާދެމޭ އާއި ދެލަކި ކަނބަލުން ފަޅިން އެއްލަކި އަދި ގުލޮރީ ގާލް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބު ގެ ފަރާތުން އަލްހާ އީދުގައި ބާއްވަމުން އަންނަ ވާދެމުމުގެ މުބާރަތުގެ 8 ވަނަ މުބާރާތުގެ ފިރިހެން ފަޅިން ވާދެމޭ އާއި ދެލަކި ދިޔައިރު ކަނބަލުން ފަޅިން އެއްލަކި އަދި ގުލޮރީ ގާލް ފައިނަލަށް ދަތުރު ކޮށްފިއެވެ.

ދެލަކި ފައިނަލަށް ދިޔައީ ކުޅުނު 4 މެޗުން 12 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮވެގެންނެވެ. ވާދެމޭ ފައިނަލަށް ދަތުރު ކުރީ ކުޅުން 4 މެޗުން 8 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކަނބަލުގެން ފަޅިން ފައިނަލަށް އެއްލަކިން ދަތުރުކުރީ ކުޅުނު 4 މެޗުން 9 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައި އޮވެގެންނެވެ. ގުލޮރީ ގާލް ފައިނަލަށް ދަތުރު ކުރީ ކުޅުނު 4 މެޗުން 8 ޕޮއިންޓު ހޯދާ ތާވަލުގެ 2 ވަނައިގައި އޮވެގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް މާދަމާ ހަވީރު ކުޅެން ވަނީ ތާވަލް ކޮށްފައެވެ. މެޗުތައް ފަށާނީ 16:30 ގައި އިލިޔާ ގެޔާދިމާ އަތިރީގައެވެ. ފުރަތަމަ ކުޅޭނީ ފިރިހެން ފައިނަލެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ