ބާސެލޯނާ ދޫކޮށްލަން މެސީ ނިންމައިފި

ކުޅިވަރު ފަހުގެ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ފޯވާޑް ލިޔޮނަލް މެސީ މިފަހަރުގެ ހޫނު މޫސުމުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ އެ ކުލަބަށް ލިޔުން ހުށަހަޅައިފި އެވެ.

ބާސެލޯނާގެ އޮފިޝަލަކާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާ މެސީ މިހާރު ވަނީ ލިޔުމުން ބާސެލޯނާ އަށް އެކަން އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެސީ ބާސާގެ މެނޭޖްމަންޓަށް ފޮނުވި ލިޔުމުގައި އެދުނީ، މި ޓްރާންސްފާ ބާޒާރުގައި އެ ކުލަބު ދޫކޮށް ދެވޭ ގޮތަށް އޭނާގެ އެއްބަސްވުން ބަދަލު ކޮށްދިނުމަށެވެ.

ބާސާގައި 20 އަހަރު ހޭދަ ކުރުމަށްފަހު ކްލަބުން ވަކިވާން މެސީ ނިންމާފައި ވާއިރު، އޭނާ ގެންދަން ބޭނުންވާ ބޮޑެތި ބައެއް ޓީމްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ސިޓީ ހިމެނެއެވެ. ނަމަވެސް އޭނާ ދެން ގުޅެން ބޭނުންވަނީ ކޮން ކްލަބަކާއި ކަމެއް އަދި ހާމައެއް ނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ