ލ.އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ދިޔަވަމުންދިޔަ ލޯންޗަކަށް އެމްްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ޖުލައި 17 ވަނަ ދުވަހުގެރޭ 19:50 ހާއިރުއެވެ. މަޢުލޫމާތު ލިބުނު ގޮތުގައި “ދިރުން” ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާން ފެށީ ވ.އަލިމަތާއާ ހިސާބުގައި އޮއްވައި މޫސުން ގޯސްވުމާ ގުޅިގެންނެވެ. ޕަސެންޖަރުންގެ ގޮތުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިބި އެ ލޯންޗަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބުމުން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ނޫރައްދީން ލޯންޗު އެ ސަރަހައްދަށް ދިޔުމަށް ފުރާފައިވެއެވެ.
ކޯސްޓްގާޑު ނޫރައްދީން ލޯންޗު އެ ސަރަހައްދަށް ދަތުރުކުރަމުން ދަނިކޮށް، މިރޭ 20:30 ހާއިރު، އެ ލޯންޗު ވަނީ ކ.ގުރައިދޫ ފަޅަށް ވަދެ، ދިޔަގަނޑު ކޮންޓްރޯލްކޮށްފައެވެ. އަދި، މާލެ އައުމަށް “ދިރުން” ލޯންޗު ދަތުރު ކުރަމުން ދަނިކޮށް، ކޯސްޓްގާޑު ނޫރައްދީނު ލޯންޗު، އެ އުޅަނދާ ހަމައަށް ދެވި، މާލޭ ފަޅަށް ވަންނަންދެން އެ އުޅަނދާ އެއްވަރަށް ކޯސްޓްގާޑު ނޫރަންދީން ލޯންޗު ވަނީ ދަތުރުކޮށްފައެވެ. އެ އުޅަނދަށް މާލޭ ފަޅަށް ވަދެވިފައިވަނީ މިރޭ 21:30 ހާއިރުއެވެ.


