ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ތަށި ތާޓީ ޕްލަސް އުލާލައިފިއެވެ.
އެޓީމް ތަށި އުފުލާލީ މިއަދު ހަވީރު ފައިނަލުގައި ރޫހް އާއި ވާދަކޮށް 4 ލަނޑު 8 ލަނޑުން މެޗު ކާމިޔާބުކޮށްގެނެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖެހީ ރޫހުންނެވެ. އެޓީމް ލަނޑު ޖަހާފައި ވަނީ 6 ވަނަ މިނެޓުގައެވެ. ނަމަވެސް ޖެހިގެން އައި މިނެޓްގައި ލަނޑެއް ޖަހާ ތާޓީ ޕްލަސްވަނީ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. އެޔާއެކު ކުޅުން ވަރުގަދަކޮށް 4 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.
ދެވަނަ ހާފުގައި ރޫހް 3 ލަނޑު ކާމިޔާބު ކޮށްފައިވާއިރު ތާޓީ ޕްލަސް ވެސް ވަނީ 3 ލަނޑު ކާމިޔާބުކޮފައެވެ. އެއާއެކު މެޗު ނިމިފައިވަނީ 4-8 ތާޓީ ޕްލަސް ކުރީގައި އޮވެގެންނެވެ.
ފައިނަލް މެޗައްފަހު ވަނީ ވަނަވަނައަށް އައި ފަރާތްތަކަށް ތަށި އަދި މެޑަލް ހަވާލު ކޮށްފައެވެ. މިމުބާރާތުގެ ގަދަ 6 ކުޅުންތެރިންނަކީ :
- އަމްޖަދު ޖައުފަރު – ނައިރު ކަންމަތި
- އަހުމަދު ރިޒްނީ – ރޫހް
- މުހައްމަދު މޫސާ – ރޫހް
- އަހުމަދު އަސްރަފް – ތާޓީ ޕްލަސް
- އާދަމް އިބްރާހިމް – ތާޓީ ޕްލަސް
- ހަސަން ޒިޔާދު – ތާޓީ ޕްލަސް

މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އާދަމް އިބްރާހިމް ތާޓީ ޕްލަސް އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ޖުމުލަ 11 ލަނޑު ޖަހާފައެވެ.



