ބީއެމްއެލް އިން ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ޖަމާކޮށްދޭ އުސޫލަށް ބަދަލު ގެނެސްފި

ޚަބަރު ފަހުގެ

ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލު ގެނެސްފިއެވެ.

ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ދެން ޖަމާކޮށްދޭނީ ރުފިޔާ އެކައުންޓަކަށް ކަމަށާއި އަދި އެގޮތަށް ލިބޭ ފައިސާ ދެން ނެގޭނީ ވެސް ރުފިޔާގެ ގޮތުގައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބީއެމްއެލް އިން ބުނީ 26 އޮގަސްޓް 2020 އިން ފެށިގެން ‘ވިސާ ޑައިރެކްޓް’، ‘މާސްޓަރ ކާޑް ސެންޑް’ ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރ އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް (ޕީ2ޕީ) އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ބީއެމްއެލް އިން ބުންޏެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލު ގެނައި ނަމަވެސް ކުރިއެކޭ ވެސް އެއްފަދައިން އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް، ފައިސާ ދިވެހި ރުފިޔާ އެކައުންޓަށް ޖަމާވާތީ ދެން އެ ފައިސާ ނެގޭނީ ހަމައެކަނި ދިވެހި ރުފިޔާއިން ކަމަށް ވެސް ބޭންކުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ