މަކުނުދޫ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ޚަބަރު ފަހުގެ

ހދ. މަކުނުދޫ ފެރީ ހަޓް ހެދުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ފާހާނާއެއް ވަނީ ހަދައިފަ އެވެ.

މި ފެރީ ސްޓޮޕަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ”އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. އެ އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރާނެ އެވެ.

މަކުނުދޫ ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލި އިރު، އެމްޓީސީސީން މީގެ ކުރިން ވަނީ އިހަވަންދޫ ފެރީ ޓާމިނަލާއި ނޭކުރެންދޫއާއި ނާވައިދޫ އަދި ފިނޭގެ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފަ އެވެ. އަދި ކުމުންދޫ ފެރީ ހަޓްގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ