ހދ.ހަނިމާދޫގައި “ބިސްޓްރޯ” އެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލި ފުރަތަމަ ގެސްޓްހައުސް (ހިމޭން ބިސްޓްރޯ އެންޑް ކެފޭ) ހުޅުވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.ހަނިމާދޫގައި “ބިސްޓްރޯ” އެއްގެ ގޮތުގައި އާންމުންނަށް ހުޅުވާލި ފުރަތަމަ ގެސްޓްހައުސް (ހިމޭން ބިސްޓްރޯ އެންޑް ކެފޭ) ހުޅުވައިފިއެވެ.

ހިމޭން ބިސްޓްރޯ އެންޑް ކެފޭ އިއްޔެ ހަވީރު ހުޅުވާފައިވާއިރު، މިތަން ހުންނަނީ ހަނިމާދޫ އިޖްތިމާއިމަރުކަޒާ ކުރިމަތި ސޯސަންމަގު ދެކުނު ފަރާތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި ބިސްޓްރޯ ގައި ހިދުމަތް ދޭނީ ހޮސްޕިޓަލިޓީ ސާވިސް ބެކްގްރައުންޑެއް ލިބިފައިވާ އަދި ފުލް ބަރިސްޓާ ޓްރެއިނިންގ ފުރިހަމަކޮށްފައިވާ %100 ދިވެހި މުވައްޒަފުން ކަމަށް ހިމޭން ބީޗް އިން މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

ހިމޭން ބިސްޓްރޯ އެންޑް ކެފޭގެ ހިދުމަތް ހަވީރު 16:30 ހުން ފެށިގެން ރޭގަނޑު 23:00 ލިބެން ހުންނައިރު ލަވާޒާ، އިލީ، ނެސްކާފޭ، އަދި ލޯކަލް ރޯސްޓްޑް ބީންސް ލިބެން ހުނާނެކަމަށް ހިމޭން ބީޗް އިން މޯލްޑިވްސް ބުނެއެވެ.

” އަޅުގަނޑުމެން ޕްލާސްޓިކަށް ނޫނެކެބުނަން، އެހެން ވީމަ މި މަހައުލަކީ ޒީރޯ ޕްލާސްޓިކް މާހައުލެއް، އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލަން މިތަން ވަރަށް ހިންގައިމުވާނެ، އަގުތައް ވެސް އެހާމެ ހެޔޮވާނެ” ހިމޭން ބީޗް އިން މޯލްޑިވްސް މެނޭޖްމެންޓް.

ހިމޭން ބިސްޓްރޯ އެންޑް ކެފޭ ގައި އުފަން ދުވަސް ފާހަގަ ކުރުމާ އަާއިލާތައް އެކުގައި ފާހަގްކުރާ ދުވަސްތައް ފާހަގަ ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ހިމޭން ބީޗް އިން މޯލްޑިވްސްއިން މައުލޫމާތު ދެއެވެ. ހަފުލާތައް ބޭއްވުމަށް ހިމޭން ބިސްޓްރޯ އެންޑް ކެފޭ ނަންބަރު 7774494 އަށް ގުޅައިގެން ކުރިޔަށް ގެންދެވޭނެއެވެ.

ހިމޭން ބީޗް އިން މޯލްޑިވްސް އަކީ ގެސްޓްހައުސް ވިޔަފާރީގައި ކުރިޔަށްދާ ޒުވާން މެނޭޖްމެންޓެއް އޮތް ހީވާގި ޓީމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ