ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާންމުކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން ( އީސީ) އިން ހުޅުވާލައިފި އެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ހިމެނޭ މެމްބަރުންގެ ދަފްތަރު އާންމުކޮށްފަ އެވެ.
މެމްބަރުންގެ ދަފްތަރާއި ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީސީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.
އީސީއިން ބުނެފައި ވަނީ އެ ކޮމިޝަންގެ އޮފީހުން ޝަކުވާ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ. އަދި info@elections.gov.mv އަށް ޝަކުވާ ފޯމް މެއިލް ވެސް ކުރެވޭ ކަމަށެވެ.
އެ މީހަކު ރަޖިސްޓްރީވެފައިވާ ޕާޓީ އީސީގެ ވެބްސައިޓުން ނުވަތަ 1414 އަށް އެސްއެމްއެސްކޮށްގެން ބަލާލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.


