ދެވަނަ ޑިވިޝަން : އެލްޓީ އަތްދަށުވެ ނިއު ރޭޑިއަންޓްގެ ފުރަތަމަ ބަލި

ކުޅިވަރު ފަހުގެ

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އެލްޓީ އަތްދަށުވެ ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައި ނިއު އިން ވަނީ ބިދޭސީ ފޯވާޑް ކޮފީ އޮވޫސޫގެ ލަނޑުން ލީޑު ނަގައިފަ އެވެ. ނަމަވެސް މިނިޓެއް ވަންދެން ވެސް ނިއު އަށް ލީޑު ހިފަހައްޓައެއް ނުލެވުނެވެ. އެލްޓީ ސްޕޯޓްސް އަށް އެއްވަރު ކޮށްދިނީ ހުސެއިން ޝުއައިބް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެލްޓީ އަށް މެޗުގައި ފުރަތަމަ ލީޑު ލިބުނީ ނިއުގެ ޒުވާން ފުލްބެކް ޝަމްވީލް މުހައްމަދު (މީދޫ ބޮންޑާ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ނަމަވެސް ކޮފީ ވަނީ 82 ވަނަ މިނިޓުގައި ނިއު އަށް ނަތީޖާ އެއްވަރުކޮށް ދީފަ އެވެ. އެލްޓީ މޮޅުވި ލަނޑު ވިފާގު ޖަހައިދިނީ 84 ވަނަ މިނިޓުގަ އެވެ.

މި ނަތީޖާއާ އެކު އެލްޓީ ވަނީ ކުޅުނު ފަސް މެޗުން ވެސް ބަލި ނުވެ، 13 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ. އަދި މިއީ ނިއު ރޭޑިއަންޓް އެނބުރި އައިސް ދެވަނަ ޑިވިޝަނުގައި މި އަހަރު ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކޮށްގެން ނިއު ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ގުރޫޕްގެ ތިންވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ކްލަބް ޓީނޭޖެވެ. ޓީނޭޖުން އެޓީމުގެ ފަސްވަނަ މެޗުގައި މިރޭ ކުޅޭނީ ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ޓީނޭޖަށް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެ އެވެ.

އެލްޓީ އާއި ޓީނޭޖްގެ ފަހު މެެޗުގައި އެ ދެޓީމު ކުރިމަތި ލާއިރު، ނިއުގެ ފަހު މެޗުގައި ނުކުންނާނީ މަހިބަދޫއާ ދެކޮޅަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ