އަނިޔާވެރި މަރާ ގުޅިގެން ހައްޔަރުކުރީ ސްކޭޓަރު، އަލީ ޝާހިލް

ޚަބަރު ފަހުގެ

ހ.ޝީރީންވިލާގައި މިރޭ އަނިޔާވެރި ގޮތަކަށް މަރަލާފައި އޮތް އަންހެނެއް ފެނުނު މައްސަލައިގައި ހައްޔަރުކުރީ މަޝްހޫރު ސްކޭޓަރު އަލީ ޝާހިލް، 22 ކަން ކަށަވަރުވެއްޖެއެވެ.

ފުލުހުން ބުނީ މިރޭ 00:30 ހާއިރު ރިޕޯޓުކުރި އެ ހާދިސާ ހިނގި ތަނުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަރާލައިފައިވާ މީހާގެ ހަށިގަނޑު ފުލުހުން މިހާރު ވަނީ އައިޖީއެމްއެޗުގެ އެމްބިއުލާންސަކަށް އަރުވައިގެން ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި ހަމަލާގައި ޒަޚަމްވި މީހާގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްލާފައެވެ. މަރާލި އަންހެން މީހާގެ ކަރު ބުރިކޮށްލައި، އޭނާގެ އަތާއި ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަމަށް މައުލޫމަތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ