މާލޭގައި ރޭ ވަރަށް އަނިޔާވެރިކޮށް މަރާލި ފުވައްމުލަކު މާދަޑު އަވަށު، ކުރި، ޝިއާއު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަލީ ޝަހީލްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކުރިމިނަލް ކޯޓުގައި ބާއްވާ އަޑުއެހުން ސިއްރުކުރަން ނިންމައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްގެ ބަންދުގެ މުއްދަޔު މިއަދު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެން ނަމަވެސް ފުލުހުންގެ އެދުމުގެ މަތިން ކޯޓުން ވަނީ މި ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފަ އެވެ. އެހެން ނަމަވެސް މި އަޑުއެހުން ސިއްރު ކުރަން ފުލުހުން އެދުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ކަރު ބުރިކޮށްލާފައިވާއިރު އަތާއި ފައިވެސް އޮތީ ބުރިކޮށްލާފައެވެ. ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ޝިއާއު މަރާލާފައިވާއިރު، ޝާހިލް ހައްޔަރު ކޮށްފައިވަނީ އެ ސީނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.


