އޮޑިޓާ ޖެނެރަލް އޮފީހަށް ހަ ބުރީ އިމާރާތެއް އެޅުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

އޮޑިޓާ ޖެނެރަލް އޮފީހަށް ހާއްސަކޮށްގެން ހަ ބުރީ އިމާރާތެއް އެޅުމަށް އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުން 17،000 އަކަފޫޓުގެ ބިމެއް އެ އިމާރާތް އެޅުމަށް އެޗްޑީސީ އިން ވަނީ ދީފަ އެވެ. އެތަނުގައި ހަދާ އިމާރާތުގެ ބޮޑު މިނުގައި 77،000 އަކަ ފޫޓު ހުންނާނެ އެވެ. ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްދެން ހަދާ މި އިމާރާތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއި ކުރީ ޑިރެކްޓާ އޮފް ކޯޕަރޭޓް އެފެއާޒް، ނިޝްފާ ފިރާގެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ އިމާރާތުގައި މުވައްޒަފުންނަށް ހާއްސަ ކެންޓީނަކާއި ޑޭ ކެއާ ސެންޓަރެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

މިއަހަރުގެ ބަޖެޓުގައި އެ އިމާރާތް އެޅުމަށް 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ