މުދާ ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ 

ޚަބަރު ފަހުގެ

ދުބާއީން މިއަދު ހެނދުނު ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ މުދާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި އެމްއޭސީއެލްގެ މުވައްޒަފަކު ޒަހަމް ވެއްޖެ އެވެ.

އެ މުވައްޒަފަށް ފަރުވާ ދޭން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާ އަށް ވެފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއޭސީއެލްގެ މީޑިއާ އިން ބުނީ، އެ ކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށެވެ.

ފްލައިޓްތަކުން ކޮންޓެއިނަރު ބާލަނީ ހައި ލޯޑާ މެޝިން ބޭނުންކޮށްގެންނެވެ. ފްލައިޓްގެ ކާގޯ ދޮރު ކައިރި އަށް އެ މެޝިން ގާތްކުރުމުން، ފްލައިޓްގެ އެތެރޭގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތައް އޮޓޯ ސިސްޓަމަކުން އަރާނީ ހައި ލޯޑާ މެޝިނަށެވެ. އެ މެޝިނުން ކޮންޓެއިނަރުތައް ބާލާނީ މެޝިން ތިރިކުރުމުންނެވެ.

އާންމު ވެފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހައި ލޯޑާ މެޝިނުގެ މަތިން ކޮންޓެއިނަރު ވެއްޓި ޖެހިފައި ވަނީ އެ އިން ކޮންޓެއިނަރު ބޭލުމަށް ފަހު ކޮންޓެއިނަރު ދަމައިގެން ގެންދާ ޑޮލީއެއްގަ އެވެ. މައުލޫމަތު ލިބޭގޮތުގައި ޒަހަމްވީ ކޮންޓެއިނަރު ބާލައި ނިމެންދެން ޑޮލީ ކައިރީގައި ހުރި މީހެކެވެ.


އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ