ސިހާގާއި ލިވާތު ޖިނާއީ ބޮޑު ކުށަކަށް ހަދަން ގާސިމް ހުށަހަޅައިފި 

ޚަބަރު ފަހުގެ

ސިހާގު ކުރުމާއި ލިވާތު ކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހަޅުއްވައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގާސިމް އެ އިސްލާހު ހުށަހެޅުއްވީ ސިހާގު ކުރުމާއި ލިވާތު ކުރުމަކީ އިސްލާމްދީނުގައި  ނަހީކުރައްވާފައިވާ ފާހިޝް އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންކަމުން އެ އަމަލުތަކަކީ ޖިނާއީ އިޖުރާއަތުގައި ހިމެނޭ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ހަދަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެފަދަ އަމަލު އަމަލުތަކަކީ އާދައިގެ ކުށަކަށް ހަދާ އެފަދަ މީހުން ތަހުގީގު މަރުހަލާއަށް ފަހު ފަސޭހައިން މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭ ނަމަ ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިން އެ ނުބައި ފާހިޝް އަމަލުތައް އެތައް ބަޔަކާއެކު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

“އެއްޖިއްސުން ގުޅުން ހިންގާ މީހުންނަކީ މުޖުތައުއަށް ނުރައްކާތެރި ބައެއް ކަމީ ހަމަ ޔަގީނުންވެސް އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫނެވެ.” ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ