މިސްކިތްތަކުގައި ނަމާދު ކުރާއިރު ބޭރަށް އަޑު ނީވޭ ގޮތް ހަދަން އިސްލާމިކް މިނިސްޓްރީން މުދިމުންނަށް އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ބައެއް މިސްކިތްތަކުގައި ބޭރަށް އަޑު ނީވޭގޮތަށް ހަދަން އަންގާފައިވާ ކަން ޔަގީން ކޮށްދީފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ބައެއް މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައިވަނީ އަޑު ގަދަކަމުން ސަރަހައްދުގެ އާންމުންގެ ޝަކުވާ ލިބޭތީ ކަމަށެވެ.
ބައެއް މިސްކިތްތަކުގައި، ބަންގި ގޮވާ އިރު ޖައްސާފައި ހުންނަ ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދު ކުރާތީ މިސްކިތް ހުންނަ ސަރަހައްދަށް ވަރަށް ބާރަށް އަޑު ހުރެއެވެ. އާންމު އުސޫލުގެ ދަށުން ސްޕީކަރު ބޭނުން ކުރަން ޖެހެނީ ބަންގި ގޮވާ އަޑު އިއްވުމަށެވެ.


