އެމްއެންޑީއެފް އިން ޅ. މާފިލާފުށީގައި ހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ 18:00 އިން ޖެހިގެން އަންނަ ދުވަހުގެ 06:00 އަށެވެ.
މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތަށް ބަލާއިރު، މިނީ ފްލޭއަރ އާއި ޕެރަޝޫޓް ފްލޭއަރ ބޭނުން ކުރާނެއެވެ. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކީ އަދި އުސްމިނަކީ 200 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް ކަމަށް ބުނެފައިވާއިރު، ބޭނުން ކުރާނީ މާފިލާފުއްޓާ ދިމާ މަތި ކަމަށް ބުނެފައި ވެއެވެ.
ޑިފެންސް މިނިސްޓްރީން ވަނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.


