ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު އިންޑިއާ ބަޔަކު އަތުލައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުގެ ތެރޭގައި ބަޔަކު ޝައްކު ކުރެވޭ ގޮތަކަށް އުޅެމުންދަނިކޮށް އެމީހުން ހިފަހައްޓައި ބަލާ ފާސްކުރިއިރު އެމީހުން ލައިގެން ތިބި ހެދުމުގައި ވަނީ ސިއްރު ކެމެރާ ހަރުކުރެވިފައެވެ.
އަދި އެ ކެމެރާތަކުން އެމީހުން ދިޔައީ ލައިވްކޮށް މަންޒަރު ދުރަށް ފޮނުވަމުންނެވެ.
މިވަގުތު އެމީހުންނާއި ސުވާލު ކުރަމުންދާއިރު ފުލުހުންނާއި ސިފައިންގެ އޮފިޝަލުން ދަނީ އެތަނުގައި ހަރަކާތްތެރި ވަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.


