އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މަންދޫގެ ކުރީގެ ޖެޓީ ތަޅާލައި ސާފުކޮށްދީފި

ޚަބަރު ފަހުގެ

އެމްޓީސީސީން، އދ. މަންދޫގެ ކުރީގެ ޖެޓީ ތަޅާލައި އެ ސަރަހައްދު ސާފުކޮށްދީފި އެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތަކީ މަންދޫ ކައުންސިލުގެ އެދުމުގެ މަތިން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދިން މަސައްކަތެއް ކަމަަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްޓީސީސީން ދަނީ އެ ކުންފުނީން މަޝްރޫއުތައް ހިންގާ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ބައެއް ކަންކަން، އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްދެމުންނެވެ.

އެގޮތުން އެމްޓީސީސީން މިހާރުވެސް ދަނީ މަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަމުންނެވެ.

ޖުމުލަ 34.1 މިލިއަން ރުފިޔާއަށް ޑިސެމްބަރު 10، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ބޮޑުބައެއް މިހާރު ވަނީ ނިންމައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ