ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގެ ސީލިން ފަޅާލައިގެން ބިދޭސީއަކު ފިލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެއާޕޯޓު ޑިޝެންޝަން ސެންޓަރު ފަޅާލާ ބިދޭސީއެއް ފިލިކަމުގެ ރިޕޯޓު މިއަދު ފަތިހު ލިބިފައިވާކަމަށެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަަލަމުންކަމަށެވެ.
ޑިޓެންޝަން ސެންޓަރުގައި ބައިތިއްބަނީ ރާއްޖެ އެތެރެވާން އަންނަ މީހުންގެ ތެރެއިން އެކި މައްސަލަތައް ކުރިމަތިވާ މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޓެންޝަން ސެންޓަރު ފަޅާލައިގެން ފިލީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްލާފައިވާ ބިދޭސީއެކެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.


