ޝިއާގެ ޕޯސްޓްމޯޓަމް ވަގުތީ ރިޕޯޓު ލިބިއްޖެ

ޚަބަރު ފަހުގެ

މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހުން މިއަދު ބުނީ ޝިއާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް މިދިޔަ މަހުގެ 17 ގައި ލިބިފައިވާ ކަމަށާއި ފޮރެންސިކް ތަހުލީލުތައް އަދިވެސް ކުރެވެމުންދާ ކަމަށެވެ. އަދި މުޅި މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ޝިއާގެ މަރާއި ގުޅިގެން އަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އޭނާ އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކަށް މި މައްސަލާގައި ތުހުމަތު ނުކުރެވޭ ކަމަށާއި ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ