ހަނިމާދޫ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓުގެ ބޮކިތައް ޒުވާނުންތަކެއްގެ އިސްނެގުމާއިއެކު ބަދަލުކޮށްފި!

ހަނިމާދޫ ކުޅިވަރު އިޖުތިމާޢީ ފަހުގެ

ހަނިމާދޫ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓަށް އަލިކުރުމަށް ޖަހާފައިވާ ބޮކިތަކުގެ ތެރެއިން އަނދާފައިވާ 11 ބޮކި، ޒުވާނުންތަކެއްގެ އިސްނެގުމާއިއެކު 29 އޯގަސްޓް 2020 ވަނަ ދުވަހު ބަދަލުކޮށްފިކަމަށް ޒުވާނުންގެ މަރުކަޒުގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފިއެވެ. 

ހަނިމާދޫ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓުގެ ބޮކިތައް ބަދަލުކޮށްފައިމިވަނީ ގާތްގަނޑަކަށް 02 އަހަރު ދުވަހަށް ފަހުގައެވެ. އަނދާފައިވާ ބޮކިތައް ބަދަލު ނުކުރެވި ހުރީ، ބޮކި ނުލިބުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުވަނީ ބޮކި ލިބިފައެވެ. ބޮކިތައް ލިބުނު އިރު ލިބިފައިހުރީ ބެޑްމިންޓަން ކޯޓުގައި ޖަހާފައި ހުރި ބޮކިތަކުގެ ވޯލްޓޭޖަށް ވުރެ ދަށް ވޯލްޓޭޖެއްގެ ބޮކިތަކެކެވެ. އަދި ކައުންސިލަށް މި ވޯލްޓޭޖްގެ ބޮކި ބޭނުންވާތީއާއިއެކު އެ ބޮކި ތަކުގެ ބަދަލުގައި ކައުންސިލުން ވަނީ ބެޑްމިންޓަން ކޯޓުގައި ޖަހަން ބޭނުންވާ ވޯލްޓޭޖްގެ ބޮކި ދީފައެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ބެޑްމިންޓަން ކޯޓުގެ ބޮކިތައް ބަދަލުކުރުމުގައި ބެޑްމިންޓަން ކުޅެން ޝައުގުހުރި ޒުވާނުންގެ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވީ އައިމަން ވަހީދުއެވެ. އެ ޓީމުގައި ހަތަރުވަރަކަށް މެންބަރުން ހިމެނެއެވެ. އަދި މި މިސައްކަތުގައި އިޖްތިމާޢީ މަރުކަޒުގެ މަސައްކަތު މީހުންވެސް ވަނީ ބައިވެރިވެފައެވެ. މި މަސައްކަތުގައި ބޭނުންކުރި ބޮކި ތައް ޖެހުމަށް ބޭނުންކުރި ދިގު ހަރުގަނޑަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެހީތެރިކަމާއިއެކު ފޯރުކޮށްދިން ހަރުގަނޑެކެވެ.  ހަމަ ގައިމުވެސް މިއީ، ބެޑްމިންޓަން ކުޅޭ ކުޅުންތެރިންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. 

އަދި މީގެ އިތުރުންވެސް ފުޓްސަލް ދަނޑުތަކަށް ބޭނުންވާ ބޮކިތައް ހޯދުމުގެ މަސައްކަތްކުރާ ވާހަކަވެސް ޔޫތު ސެންޓަރުގެ ފަރާތުން ގޮއްކޮޅަށް މަޢުލޫމާތު ދެއްވައެވެ. 

ފޮޓޯ:ހަނިމާދޫ ޒުވާނުންގެ މަރުކަޒު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ