މުލީ އެއަރޕޯޓް ފަޔަރ ބިލްޑިންގ ޕްލާސްޓަރ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ 

ޚަބަރު ފަހުގެ

މ.މުލީ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔަރ ބިލްޑިންގ ޕްލާސްޓަރ އެޅުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މީގެ އިތުރުން ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމްކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމްކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއު އަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ