ށ.ފޭދޫ ގޮނޑުދޮށަށް ވެސް ބުދެއް ލައްގައިފި އެވެ.
އެ ރަށު ގޮނޑުދޮށަށް ލައްގާފައި ވަނިކޮށް ފެނުނީ އިންޑިއާގެ ހިންދޫން އަޅުކަންކުރާ ޒާތުގެ ބުދެކެވެ. މިއީ އެތެއްގެ ސިފަ އާއި އިންސާނުންގެ އަތާއި ފައި ހުންނަ ގޮތަށް އިން ބުދެކެވެ.
ރާއްޖޭގެ އުތުރުގެ އެކި ސަަރަހައްދަށް މި ދުވަސް ވަރު ދަނީ ބުދު ލައްގަމުން ނެވެ.
އެގޮތުން މި މަހު ހދ. ހަނިމާދޫއަށް ބުދެއް ލައްގި އިރު މި މަހުގެ ހަވަނަ ދުވަހު އިހަވަންދޫއަށް ވެސް ވަނީ ބަރަހަނާ ފިރިހެނެއް ރަމްޒުވާގޮތަށް އޮތް ބުދެއް ލައްގާފައެވެ. އޭގެ އިތުރުން ހއ. ފިއްލަދޫ، ހދ. ކުރުނބީ އަދި ހދ. ވައިކަރަދޫއަށް ވެސް ބުދު ލައްގާފައި ވެއެެވެ.


