ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އަވަހާރަވެއްޖެ

ޚަބަރު މީހުން ފަހުގެ

ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު އަހުމަދު މިއަދު އަވަހާރަވެއްޖެ އެވެ.

މުހައްމަދު އަހްމަދު އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މުހައްމަދު އަހްމަދަކީ ރާއްޖޭގެ ހާރިޖީ ދާއިރާއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ހިދުމަތް އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސެޕްޓެމްބަރު 7، 1987 އިން އެޕްރީލް 6، 1991 އަށް މުހައްމަދު އަހުމަދު ވަނީ ފުރުއްވާފަ އެވެ.

މީގެއިތުރުން އިމިގްރޭޝަން ކޮންޓްރޯލަރުކަމާއި އައިޖީއެމްއެޗް ހިންގެވުމާއި ސީޑީސީގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުވެސް މުހައްމަދު ފުރުއްވި އެވެ. އަދި ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މަސައްކަތް ކުރެއްވި އެވެ.

މުހައްމަދު އަހުމަދު އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ. މުހައްމަދު އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. ޖަނާޒާ އޮންނާނީ އާސަހަރާގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ