އެމްވީ ކްރައިސިސް ޕޭޖުން ބަރަހަނާ ވީޑިއެއްކަމަށްބުނެ ލީކްކުރި ވީޑިއޯއަކީ ދޮގެއް، އަބުރު ކަތިލަން ބަޔަކުކުރިކަމެެއް؛ ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސްގެ އަބުރު ކަތިލަން ބަޔަކު ފިލާތިބެގެން ކުރާ މުޑުދާރު އަމަލުގެ ހަގީގަތް ހާމަ ކުރުމަށް މިއަދު މިވަނީ ޖެހިފައެވެ.

ހަސަދަވެރިންގެ ހަސަދައިގެ ސަބަބުން އެތަށް ބައެއްގެ ދިރިއުޅުން ހަލާކުވެއެވެ. މިފަހަރު މިއޮތީ އެތަށް ދަރިވަރުންނަކާއި އެތަކެއް ރައްޔިތުންގެ ހިދުމަތްތެރިޔަކަށް އެކަމުގެ ނޮހޮރުއްޕާނު ޖެހިފައެވެ. ރޭ އެމްވީ ކުރައިސިސް ކިޔާ އެފް.ބީ ޕޭޖަކުންވަނީ ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސްގެ ބަރަހަނާ ވީޑިއޯއެއްކަމަށް ބުނެ ވީޑިއޯއެއް ދޫކޮށްލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނައިބު ރައީސްވަނީ މި ވީޑިއޯއަށް ރައްދު ދީފައެވެ. އަދި ވީޑިއޯގެ ހަގީގަތް ސާފުކޮށްދީފައެވެ.

ވީޑިޔޯ އަސްލު އުފެދުނު ގޮތް!

2019 ވަނަ އަހަރު ނައިބު ރައީސްގެ އަންހެނުންގެ އައިޑީ ހެކުކޮށް ބަޔަކު އެ އައިޑީން ވީޑިއޯ ކޯލުކުރުމުން ފޯނު ނެގިއެވެ. ވަގުތަކީ ނިދާހޭލި ވަގުތުކަމުން ހުރީ ޓީޝާރޓުނުލައެވެ. މީގެ ބޭނުންހިފައި މަންޒަރު ރިކޯޑުކޮށް އެއަށް އިތުރު މަންޒަރުލައި އެޑިޓްކޮށް ފައިސާ ހޯދަން ބުލެކްމެއިލްކުރީއެވެ.

ފައިސާ ނުދިނުމުން ވީ ކިހިނެއް؟

އެބައެެއްގެ ޑިމާންޑަށް ތަބާނުވުމުން އެވީޑިޔޯ އެބައި މީހުން އާއްމުކުރި ނަމަވެސް ބުރަ މަސައްކަތުން އެވީޑިޔޯ ފޮހެލެވުނެވެ. އެހެނަން ސިޔާސީ ގޮތުން ދެކޮޅު ފަރާތްތަކުން ވީޑިއޯ ރައްކާކުރިއެވެ. އެއަށްފަހު ކައުންސިލަށް ކުރިމަތިލުމުންވެސް ލައިލުމަންނަ ކިޔާ އައިޑީއަކުން މިވީޑިއޯ ލީކު ކުރާނެކަމުގެ އިންޒާރުދިނެވެ.

ނައިބު ރައީސްގެ ވީޑިޔޯ ހަަމަ ކުއްލިޔަކަށް ލީކުކޮށްލީ ކީއްކުރަން؟

ކައުންސިލަށް ނުކުމެ ގިމަ މަސައްކަތްތަކެއް ކުރަމުން ރަށަށް ތަރައްގީ ގެންނަން ހޭލަމޭލަވަމުން ގޮސް މިސަރުކާރުގެ ވައުދު ފެދެމުން ދާތީ ނައިބުގެ އަބުރު ކަތިލަން ބަޔަކު ފެންބޮވައިގަތީއެވެ. އެބައި މީހުންގެ ބޭނުމަކީ ނައިބުގެ އަޑު ކަނޑުވައިލުން ނޫން ދެން ކޮންކަމެހެއްޔެވެ. މީހެއްގެ އަޑު ކަނޑުވާލަން ހަގީގަތާ ހިލާފު ބުހުތާން ފެތުރުން އެއީ ރަނގަޅު ގޮތެއްނޫނެވެ. އޭގެ ސަބަބުން ގެއްލުންވަނީ އެންމެ މީހެއް ދެ މީހަކަށް ނޫނެވެ. ރޫޅެނީ އާއިލާއެވެ. ބިކަވަނީ މައުސޫމް ކުދިންނެވެ. ހިތްކުދިކުދިވަނީ ދުވަސްވީ މައިންބަފައިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ