ގެވަޅާއި ސިނާއި ބިން ދިނުމަށް އޮތް ހުރަސް ނެތިއްޖެ،ފާސް ނުވެގެން އުޅުނު އެތި ފާސްކޮށްދީފި، ދެންއޮތީ ހަނިމާދޫ ކައުންސިލްގެ ހިތްވަރު

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ގެވަޅާއި ސިނާއި ބިން ދިނުމަށް އޮތް ހުރަސް ނެތިއްޖެއެވެ. ލޭންޑް ޔޫސް ޕެލޭން ސަރުކާރުން ފާސްކޮށްދީފިއެވެ. ދެންއޮތީ ހަނިމާދޫ ކައުންސިލްގެ ހިތްވަރެވެ.

ސަރުކާރުން މިއަދު ވަނީ ހަނިމާދޫ ކައުންސިލަށް ރަސްމީކޮށް ލޭންޑު ޔޫސްޕުލޭން ފާސްކޮށްފައިވާކަން އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއާއެކު އެފާސްވެގެން ނޫނީ ނުދެވޭނެކަމަށް ބުނި ގެވަޅާއި، އަހަރަކަށްވުރެ ގިނަދުވަސް ވަދެން ދަނޑުވެރިން ދަނޑުތަކުން ބޭރުކޮށްފައި ބިމެއް ނުދައްކާ އޮތް އޮތުމަށް ނިމުން ހަނިމާދޫ ކައުންސިލަށް ގެނެވޭނެއެވެ.
އަދި ޓޫރިޒަމާއި ސިނާއި ކަންކަމަށް ބިންދޫކުރަން ފެށޭނެއެވެ.

ނަމަވެސް މިކަންތަށް ކުރެވޭނީ ކައުންސިލުގެ ދެބޯލީ އިންޖީން ބަދަލުކޮށް ޒަމާނީ ހަލުވި އިންޖީނެއް އަޅައިގެންނެވެ.

މި ޕުލޭން ސަރުކާރުން ފާސްކޮށްދިނީ ހަނިމާދޫ ރައްޔިތުން ފާސްކުރި ގޮތަށެވެ. އަދި ޕުލޭނަން ބަދަލު ގެނެވޭނީވެސް ކައުންސިލުން ރައްޔިތުންގެ ކައިރިއަށް ގޮސް އެމީހުންގެ މަޝްވަރާއިން ފާސް ކުރުމަށްފަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ