އައިޖީއެމްއެޗުން ކިޑްނީ ތޮރުފައިގެން އޮޕަރޭޝަނެއް ކޮށްފި

ޚަބަރު ފަހުގެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ދިވެހި ޑޮކްޓަރުންގެ ޓީމުން ކިޑްނީ ތޮރުފައިގެން ހިލަ ނެގުމުގެ ބޮޑު އޮޕަރޭޝަނެއްކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ މި އޮޕަރޭޝަންއަކީ ކިޑްނީ ތޮރުފައިގެން ހިލަ ގޮއްވުމާއި ހިލަ ކޮޅުތައް ނެގުމަށް ކުރި އޮޕަރޭޝަނެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއޮޕަރޭޝަނުގައި ބައިވެރިވީ އެ ހޮސްޕިޓަލްގެ ޔޫރޮލޮޖީ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އަދްސަރ އާއި ޑރ. އިބްރާހީމް މިސްބާހެވެ.

ހިލަ ގޮއްވުމުގެ މި އޮޕަރޭޝަނަކީ ރާއްޖޭގައި ދިވެހި ޑޮކްޓަރުންގެ ޓީމަކުން ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

މި އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންދިޔުމުގައި ހޭނައްތާ ޑޮކުޓަރުންގެ ޓީމާއި ނަރުހުންވެސް ބައިވެރިވި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ