ވިލިނގިއްޔަށް ކޮވިޑްގެ ބަލި މީހަކު އެރުވުމަށް ދެކޮޅު ހަދަނީ

ޚަބަރު ފަހުގެ

ގއ.ވިލިނގިލީ ގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީ އަށް ގެންދިޔަ ބަލި މީހަކު އެ ރަށަށް އެރުވުމަށް ދެކޮޅު ހަދައިފިއެވެ.

ފުލުހުން ބުނީ އެމީހާ އެ ރަށަށް އެރުވުމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު އިހުތިޖާޖު ކުރަމުންދާތީ ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ގދ.ތިނަދޫ އިން ގެންނަ މީހެކެވެ. އެމީހާ އެ ރަށަށް އަރުވަން ރައްޔިތުން ދެކޮޅު ހަދަމަންދާތީ އޭނާ އަދިވެސް އޮތީ ސީ އެމްބިއުލާންސްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެކެވެ. އެ ކޭސްއާ ގުޅިގެން މިހާތަނަށް 41 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.

ތިނަދޫ އިން ޕޮޒިޓިވްވި މީހާއާ ގުޅިގެން އެ ރަށް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ހާލަތުގައި އޮންނައިރު އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ