މުފްތީ މެންކު އަންނަމަހު ރާއްޖެ ވަޑައިގަންނަވަނީ

ޚަބަރު ފަހުގެ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް، އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ރާއްޖޭގައި ދީނީ ތަޤްރީރު ކުރެއްވުމަށް މުފްތީ މެންކް އަންނަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މުފްތީ މެންކް ވަނީ 2016، 2015 އަދި 2020 ވަނަ އަހަރު ރާއްޖެ ވަޑައިގެންފައެވެ. 2020 ވަނަ އަހަރު ރާއްޖެ ވަޑައިގެން ހދ. ކުޅުދުއްފުށީގައި ވަނީ ތަގުރީރު ކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ