އިސްލާމްދީން ފެށުނީ އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިނެވެ.

ފަހުގެ ދީން

އިސްލާމްދީން އައުމުގެ ކުރީގައި ދުނިޔެ އޮތީ ޖާހިލުކަމުގެ އަނދިރީގެ ތެރޭގައެވެ. ދިރިއުޅުމުގެ އަސާސެއް އަސްލެއް ނެތިއެވެ. ރައްބެ ރަސޫލެއް އަދި ތެދުމަގަކީ ކޮބައިކަމެއް ނޭނގިއެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަޤްޞަދަކީ ކޮބައިކަމެއް ނޭނގި، އަދި އެ ލަނޑުދަނޑިއަށް ވާޞިލުވާނޭ މަގެއް އަމުދުން ނޭނގިފައެވެ.

މައްކާގައި އޮތް މުޖްތަމަޢަކީ ވެސް ޖަހާލަތުގެ އަނދިރީގައި އޮތް މުޖްތަމަޢެކެވެ. ލިޔަންކިޔަން ދަތުމަކީ އެ މުޖްތަމަޢުމުގައި ބޭނުން ކަމެއް ނޫނެވެ. ދުނިޔެވީ އެއްވެސް މުޢާމަލާތެއްގައި، އެއީ ވިޔަފާރިއެއް ކަމުގައި ވިޔަސް، ނުވަތަ ކައިވެންޏެއް ކުރުން ކަމުގައި ވިޔަސް ނޫނީ ވަޒީފާއެއް ހޯދުންކަމުގައި ވިޔަސް، ލިޔަންކިޔަން އެނގުމަކީ ބޭނުން ކަމެއް ނޫނެވެ. ލިޔަންކިޔަން ދަންނަ މީހުންނަކީ ވަރަށް ނާދިރު މަދު ބައެކެވެ. މިފަދަ މުޖްތަމަޢެއްގެ ތެރެއިން، ފަހު ޒަމާނުގެ ނަބިއްޔާ ހޮއްވަވައި، އެބޭކަލަކީ ވެސް ލިޔަންކިޔަން އެނގިވަޑައި ނުގަންނަވާ “އުއްމިއްޔަ” ނަބިއްޔާގެ ޝަރަފު ދެއްވަވައި މާތް ﷲ، އެއިލާހުގެ އެންމެ ފަހުގެ ރިސާލަތު ފައުޅު ކުރެއްވީ މައްކާގެ ބިމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މައްކާގައި އޮތް މުޖްތަމަޢަކީ ވެސް ޖަހާލަތުގެ އަނދިރީގައި އޮތް މުޖްތަމަޢެކެވެ. ލިޔަންކިޔަން ދަތުމަކީ އެ މުޖްތަމަޢުމުގައި ބޭނުން ކަމެއް ނޫނެވެ. ދުނިޔެވީ އެއްވެސް މުޢާމަލާތެއްގައި، އެއީ ވިޔަފާރިއެއް ކަމުގައި ވިޔަސް، ނުވަތަ ކައިވެންޏެއް ކުރުން ކަމުގައި ވިޔަސް ނޫނީ ވަޒީފާއެއް ހޯދުންކަމުގައި ވިޔަސް، ލިޔަންކިޔަން އެނގުމަކީ ބޭނުން ކަމެއް ނޫނެވެ. ލިޔަންކިޔަން ދަންނަ މީހުންނަކީ ވަރަށް ނާދިރު މަދު ބައެކެވެ. މިފަދަ މުޖްތަމަޢެއްގެ ތެރެއިން، ފަހު ޒަމާނުގެ ނަބިއްޔާ ހޮއްވަވައި، އެބޭކަލަކީ ވެސް ލިޔަންކިޔަން އެނގިވަޑައި ނުގަންނަވާ “އުއްމިއްޔަ” ނަބިއްޔާގެ ޝަރަފު ދެއްވަވައި މާތް ﷲ، އެއިލާހުގެ އެންމެ ފަހުގެ ރިސާލަތު ފައުޅު ކުރެއްވީ މައްކާގެ ބިމަށެވެ. ނަބީކަމާއި ރަސޫލުކަން ޚަތިމު ކުރެއްވުމަށް ﷲ ޚިޔާރު ކުރެއްވި މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހަށް ހިދާޔަތުގެ ނޫރާއިގެން ޖިބްރީލް عليه السلام ވަޑައިގެން އެންމެ ފުރަތަމަ ވިދާޅުވީ “اقْرأ”އެވެ. “ކިޔަވައިވިދާޅުވާށެވެ!” ކިޔެވުމަށް ކުރެއްވި އަމުރެކެވެ. ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ފަސް އާޔަތުގައިވަނީ ކިޔެވުމަށް ކުރެއްވި އަމުރެވެ. އިންސާނާ ޚަލްޤު ކުރެއްވި ޚާލިޤުވަންތަ އިލާހުގެ ނަންފުޅުން ކިޔަވައި ވިދާޅުވުމަށް ކުރެއްވި އަމުރެވެ. މާތް ﷲ އީ އިންސާނާއަށް، އޭނާ ނުދަންނަ ތަކެތި އުނގަންނައި ދެއްވި އިލާހު ކަމާއި، ގަލަމުގެ ޒަރީޢާއިން އިންސާނާއަށް އުނގަންނައި ދެއްވިކަމެވެ.

އެއަށް ފަހު ތޭވީސް އަހަރުގެ ތެރޭގައި ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވައިލައްވައި ނިމުނުއިރު، އެ ޤުރުއާނުގައި ޢިލްމު އުނގެނުމަށްވަނީ ނުހަނު ބާރު އަޅުއްވައިފައެވެ. ޢިލްމު އުނގެނިފައިވާ މީހުންގެ ޤަދަރާއި ޝަރަފު މަތިވެރި ކުރައްވައިފައެވެ. ދަންނަ މީހުންނާ ނުދަންނަ މީހުން ހަމަހަމަ ނުވާނޭކަން އަންގަވައިފައެވެ. މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ ބަޔަކީ މީސްތަކުންގެ ތެރެއިން، އެއިލާހު އެންމެ ބޮޑަށް މަޢުރިފާކޮށް ދެނެގަންނަން އެނގޭ ޢިލްމުވެރީންކަމުގައި ވަނީ ބަޔާން ކުރައްވައިފައެވެ.

އެންމެ އެއްޗެއް ފިޔަވައި، އެހެން އެއްވެސް އެއްޗެއް ނުވަތަ ކަމެއް ވިޔަސް އިތުރު ކޮށްދެއްވުމަށް އެދި ދުޢާކުރުމަށް މާތް ﷲ، އެއިލާހުގެ ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمއަށް އަމުރު ކުރައްވައިފައިނުވެއެވެ. އެއީ ޢިލްމު އިތުރުކޮށްދެއްވުން އެދި ދުޢާކުރެއްވުމަށް ކުރެއްވި އަމުރުފުޅެވެ. މާތް ﷲ ވަޙީކުރައްވައިފައެވެ. ﴿وَقُل رَّبِّ زِدْنِي عِلْماً﴾ (طه: ١١٤) “(ކަލޭގެފާނު ވިދާޅުވާށެވެ.) އަޅުގެވެރި ރަސްކަލާކޮ! މި އަޅާއަށް ޢިލްމު އިތުރުކޮށްދެއްވާށެވެ!”

އިސްލާމީ ރަންޒަމާން ވެގެން ދިޔައީ ޢިލްމާއި މަޢްރިފާވެރިކަން މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ޒަމާނެއް ކަމުގައެވެ. މުސްލިމުންގެ އީޖާދުތަކާއި ހޯދުންތަކަކީ މިއަދު ވެސް ސައިންސްގެ ރޮނގުގައި، އެކި ނަޒަރިއްޔާތައް އޭގެ މައްޗަށް ބިނާވެގެން އައި އަސާސްތައް ކަމުގައިވަނީ ވެފައެވެ. އޭ ލޮބުވެތި މުސްލިމުންނޭވެ! އިސްލާމްދީނާއި މުސްލިމުންނަށް ގަދަކަން ލިބުމުގެ މަގަކީ މާތް ﷲ މަޢުރިފާކޮށް ދެނެގަތުމާއި ޢިލްމުގެ މަގުކަން ދަންނާށެވެ.

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 91 ވަނަ ޢަދަދުގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ