ލައިކަން އަތުން ޓީމް ހަނިމާދޫ އަންހެން ޓީމް ބަލިވެއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް 2022 ގެ ފުރަތަމަ މެޗުގައި ލައިކަންއާ ބައްދަލުކޮށް ކުޅެ ޓީމް ހަނިމާދޫ އަންހެން ޓީމް ބަލިވެއްޖެއެވެ.

ޓީމް ހަނިމާދޫ ބަލިވީ 3 ސެޓް 1 ސެޓުންނެވެ. ފުރަތަމަ ދެސެޓް ލައިކަން ފަސޭހަކަމާއެކު ވަނީ ގެންގޮސްފައެވެ. ފުރަތަމަ ސެޓް 25-18 ގެންދިޔައިރު ދެވަނަ ސެޓު ގެންދިޔައީ 25-19 އިންނެވެ. ތިންވަނަ ސެޓުގައި މޮޅު ކުޅުމެއްދައްކާ ޓީމް ހަަނިމާދޫ ވަނީ 25-21 ސެޓު ކާމިޔާބު ކޮށްފައެވެ. ނަމަވެސް 4 ވަނަ ސެޓުވެސް ލައިކަން ގެނައީ ފަސޭހަކަމާއެކު 25-13 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މެޗުގެ މޮޅު ކުޅުތެރިޔަކަށް ހޮވުނީ ލައިކަން ޓީމުގެ 4 ނަންބަރު މަރިޔަމް އަޒީފާ އެވެ.

އަންހެން ޑިވިޝަންގެ މެޗުތައް ހަވީރު ހަތަރެއް ޖަހާއިރު ކުޅޭއިރު މާދަމާ ބައްދަލު ކުރާނީ ނޭކުރަންދޫއާއި ނޮޅިވަރަމް ސީއާރުސީ އެވެ.

އަންހެން ޑިވިޝަން ދެ ގްރޫޕަކަށް ވަނީ ބަހާލާފައެވެ. ގްރޫޕް އޭގައި ހިމެނެނީ ލައިކަން (ނޮޅިވަރަންފަރު)، ޓީމް ހަނިމާދޫގެ އިތުރުން ޓީމް ނޭކުރަންދޫއާއި ނޮޅިވަރަމް ސީއާރުސީއެވެ. ގްރޫޕް ބީގައި ހިމެނެނީ 3 ޓީމެވެ. އެއީ ޓީމް ހިރިމަރަދޫއާއި ނައިވާދޫގެ އިތުރުން ފިނޭއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ