ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ސިންގަޕޫރަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. އަދި އެނބުރި ވަޑައިގަންނަވާނެ ދުވަހެއްވެސް ނުބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސިންގަޕޫރަށް ވަޑައިގެންނެވި އެވެ.

އޭގެ ތެރެއިން ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ