އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ކުރާ މަސައްކަތުގެ ދަށުން، 3 ވަނަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.
ބޭސިކް އެއަރ ޓްރެފިކް ކޮންޓްރޯލަރސް ޓްރެއިނިންގ ކޯހުގެ 3 ވަނަ ބެޗުގައި ޖުމްލަ 9 އެއަރ ޓްރެފިކް ކޮންޓްރޯލަރެއް އެމް.އޭ.ސީ.އެލުން ވަނީ ތަމްރީންކޮށްފައެވެ. ކޯހުގެ ބައިވެރިން ވަނީ 8 ހަފްތާގެ ތަމްރީން ފުރިހަމަކޮށްފައެވެ.
އެމް.އޭ.ސީ.އެލުން މި ކޯސް ކުރިއަށްގެންގޮސްފައިވަނީ 21 އޮގަސްޓުން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވެފައިވާ ހުރިހާ ބައިވެރިންނަކީވެސް އެއަރ ޓްރެފިކް ސެންޓަރ، އޭ.ޓީ.ސީއާއި މުޅިން އަލަށް ގުޅުނު ފަރާތްތަކެވެ.

މި ތަމްރީނުގެ މަޤްޞަދަކީ އެއަރ ޓްރެފިކް ސަރވިސަސްގެ އައު ރެކްރޫޓުންނަށް ބޭނުންވާ ތިއޮރެޓިކަލް ނޮލެޖް ފޯރުކޮށްދީ، އޭ.ޓީ.ސީ ރޭޓިންގއަށް ތައްޔާރުކުރުންކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.
ކޯހުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ އޭ.ޓީ.ސީގެ ތަމްރީން ލިބިފައިވާ ޓްރެއިނަރުންނެވެ. އަދި މުޅި ކޯސް ފަރުމާކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ މިންގަނޑުތަކާ އެއްގޮތަށްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.


