ވާނުވާ ޖަހާފައި ތިބި މީހުން ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މިނިވަން ކުރާނަން: ރައީސް ޔާމީން

ޚަބަރު ފަހުގެ ސިޔާސީ

ރިޔާސީ އިންތިޚާބު ކަމިޔާބުވެ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ މުއްދަތު ޖަހާފައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ހއ އިހަވަންދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުދި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހުންކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

މުއްދަތު ޖަހާނަމަ މުއްދަތު ޖަހަންވާނީ އެމީހަކު މުޖުތަމައަށް ދޫކޮށްލާފައި ބެހެއްޓުމުގެ ސަބަބުން މުޖުތަމައަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތް މީހުން އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ކުދި ކުދި ކުށްތަކުގަ. ކުދިކުދިން ތުހުމަތުގައި ބަންދުވެފައި ތިބި މީހުން ކީއްކުރަންތޯ އެބޭފުޅުން އަބަދު ޖަލުގައި އުޅެން ޖެހެނީ. މިހާރު ވެސް ޖަލުގައި އެބަތިބި ‘ވާނުވާ’، ޝަރީއަތް ނިމެންދެން ޖަލަށް ހުކުމް ކޮށްފައި ތިބި މީހުން. މިއީ އިންސާފުތޯ. ކޮން ކަމަކާއިތޯ އޭނާ ޝަރީއަތް ނިމެންދެން ޖަލަށް ލާންޖެހެނީ. ފުލުހުން ތިވަރު އިންޓެލިޖެންސް ރިޕޯޓް ތައްޔާރު ކުރާ ބަޔަކު އިންޓެލިޖެންސް ހުރިއްޔާ އޭނާގެ މައްޗަށް ތުހުމަތުކޮށްފަ ފަނޑިޔާރު ގެއަށް މައްސަލަ ވައްދަން ވީނޫންތޯ. ކީއްކުރަންތޯ އޭނާގެ މައްސަލަ ނިމެންދެން ޖަލުގަ ބަހައްޓަންވީ” ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ކުދިކުދި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން މީހަކު ހައްޔަރު ކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށާއި އެފަދަ ބަންދެއް ކުރަން ޖެހޭނީ ބޮޑެތި ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.

“އަޅުގަނޑުމެން ކަށަވަރު ކުރާނަން އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވާނުވާ ޖަހާފައި ތިބި ހުރިހާ އެންމެން އިރާދަ ކުރެއްވިއްޔާ މިނިވަންވޭތޯ ބަލާނަން” ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ