މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ހެންވޭރު މިރާޒު ނަމަކަށް ކިޔާ ގޭގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑޯއެފް ފަޔަރ އެންޑް ރެސްކިއު ޓީމު ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު މެންދުރުފަހު 2:45 ހާއިރު ކަމަށާއި އަލިފާން ކޮންޓްރޯލް ކުރެވުނީ 3:00 ހާއިރު ކަމަށެވެ. އަލިފާނުގެ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެއްގަ އެވެ. އެ ހާދިސާގައި އެ ތަނަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ.


