އުޅަނދުގެ ރަޖިސްޓްރީ ބާޠިލުކުރުން ސިވިލް ކޯޓުން ހުއްޓުވައިފި

ޚަބަރު ފަހުގެ

ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ 80އަށްވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ބާޠިލުކުރި ނިންމުމަށް ޢަމަލުކުރުން ސިވިލް ކޯޓުން ހުއްޓުވައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިއޭވިއޭޝަނުން ކުރިން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކޮށްފައިވާ މައްސަލާގައި 200އެއްހައި އުޅަނދުގެ ރަޖިސްޓްރީ ބާޠިލުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އުޅަނދުތަކާއި، ޤަވާއިދާ ޚިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް އޭގެ ތެރެއިން 87 އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. ސިވިލް ކޯޓުން އެގޮތަށް ޢަމުރުކުރީ ބައެއް އުޅަނދުތަކުގެ ވެރިފަރާތުން އެކަން ހުއްޓުވައިދިނުމުގެ ވަގުތީ ޢަމުރަކަށް ސިވިލް ކޯޓުގައި އެދުމުންނެވެ.

އެގޮތުން ސިވިލް ކޯޓުގެ ޢަމުކުރުގައި ވަނީ މައްސަލަ ނިމެންދެން، ރަޖިސްޓްރީ ބާޠިލުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނެރެފައިވާ ދެ އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، ރަޖިސްޓްރީ ބާޠިލުކުރިކަމަށް ބުނި އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުވެފައިވާކަމަށް މި ހިނދަށް ނުބެލުމަށެވެ. އަދި އެ ދެ އިއުލާންގައި ހިމަނާފައިވާ އެއްވެސް އުޅަނދަކަށް ޚިދުމަތް ދިނުމުގައި ތަފާތު ނުކުރުމަށްވެސް ސިވިލް ކޯޓުގެ ޢަމުރުގައިވެއެވެ.

މި މައްސަލާގައި ދައުލަތުން ވަނީ ރަޖިސްޓްރީ ބާޠިލްކޮށްފައިވާ އުޅަނދުތަކަށް ކޯޓު އަމުރުގެ ދަށުން ހުއްދަ ދިނުމަކީ މަގުތަކުގެ ރައްކާތެރިކަން ގެއްލިދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސިވިލް ކޯޓުގެ ޢަމުރުގައި ވަނީ މި މައްސަލާގައި ވަގުތީ އަމުރެއް ނެރެނުދީފިނަމަ އުޅަނދުތަކުގެ ވެރި ފަރާތްތަކުގެ އާމްދަނީއަށް ހުރަސް އެޅި، އިޢާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ