ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް 2022 ގެ އަންހެން ޑިވިޝަންގެ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ޓީމް ހަނިމާދޫ ކަށަވަރު ކޮށްފިއެވެ.
މިއަދު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ކުޅުނު މެޗު ފިނޭ އާއި ބައްދަލުކޮށް ޓީމް ހަނިމާދޫ ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ޓީމް ހަނިމާދޫ ގެންދިޔައީ ފުރަތަމަ ސެޓު 25-23 ދެވަނަ ސެޓު 26-24 އަދި ތިންވަނަ ސެޓު 25-24 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޓީމް ހަނިމާދޫ ޖާޒީ ނަމްބަރ 14 އައިސަތު ރީޝާ އެވެ.
ހަނިމާދޫ ޓީމް ފައިނަލްގައި ވާދަކުރާނީ ނޮޅިވަރަންފަރު ލައިކަންއާއެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 22 ވަނަ ދުވަހު ހަވީރު 16:00 ގައި ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ.
ގުރޫޕް ސްޓޭޖްގައި ޓީމް ހަނިމާދޫ އަދި ލައިކަން ބައްދަލުކުރި މެޗު 3-1 ން ލައިކަން ވަނީ ކާމިޔާބު ކޮށްފައެވެ.


