ހޯރަފުށި، ތުޅާދޫ އަދި މީދޫ ގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ޚަބަރު ފަހުގެ

ހއ. ހޯރަފުށި، ބ.ތުޅާދޫ، ރ.މީދޫ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހޯރަފުށި ހޮސްޕިޓަލް އެޅުމަށް ފަސްލައްކަ ރުފިޔާ ހިމަނާފައިވާއިރު ތުޅާދޫ ހޮސްޕިޓަލް އެޅުމަށް ހިމަނާފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ. އަދި މީދޫ ހޮސްޕިޓަލް އެޅުމަށް ހަ މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިސަރުކާރުން ވަނީ 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާ އެރަށްތައް އިއުލާންކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ވިލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލީ އަދި ގދ. ގައްދޫ އެވެ. މި ހުރިހާ ރަށެއްގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.

މީގެއިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެމަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ