ހަނިމާދޫ މަސްޖިދު މޫސާ ޢަލީގެ ސައުންޑު ސިސްޓަމުގައި މައްސަލަ ޖެހި ހައްލުނުކޮށް އެތަށް ދުވަހެއް ވަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މަސްޖިދުލު މޫސާ ޢަލީގައި ނަމާދު ކުރާއިރު ބޭނުންކުރާ ސައުންޑު ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ހާމަވެއްޖެއެވެ.

އެކަން ހާމަވީ މިއަދު ކުރި ހުކުރު ނަމާދުގެ ހުތުބާ ކިޔަމުން ދިޔަ ވަގުތުގައި އެކި ފަހަރު މަތިން އަޑު ކެނޑުމުގެ މައްސަލަ ދިމާވުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާ ގުޅިގެން ނަން ނުޖަހަން ޝަރުތުކޮށް ގޮށްކޮޅާ ވާހަކަ ދެއްކި ހަނިމާދޫގެ ރައްޔިތަކު ބުނީ މިހާރު އެގޮތަށް އަޑު ކެނޑޭތާ ދުވަސް ކޮޅެއްވެއްޖެ ކަމަށާއި ފާއިތުވި ހަފުތާގައި ނަމާދު ކުރަމުން ދިޔައީ ސައުންޑު ބޭނުން ނުކޮށްކަމަށެވެ.

ކުޅިވަރަށް ބޮޑެތި ހަރަދުކުރެވޭ ހަނިމާދޫ ކައުންސިލަށް މިސްކިތުގެ ސައުންޑު ރަނގަޅުކުރުން މުހިންމު ނުވަނީ ތޯ އެނާ ވަނީ ސުވާލު އުފައްދާފައެވެ.

ވާނީވެސް އެހެންނެވެ. ކުޅިވަރުގޮސް ގުޅެނީ އާބާދީގެ ވަކި ނިސްބަތަކާއި ނަމަވެސް މިސްކިތް މުޅި އާބާދީއާ ގޮސް ގުޅޭނެއެވެ.

މިސްކިތުގެ ސައުންޑު ސިސްޓަމުގެ މަސައްކަތް ނުކުރާތީ މިސްކިތުގެ ފަހަތުގައި އަންހެނުންނަށް ނަމާދު ކުރަންް ހާއްސަކޮށްފައިވާ ސަރަހައްދުގައި ތިބޭ މީހުންނަށްވެސް ދަނީ ތަކުލީފުތަކާ ދިމާވަމުންނެވެ.

މަސްޖިދު މޫސާ ޢަލީ އަކީ ހަނިމާދޫގައި ހުރި ޖާގައިގެ ގޮތުން އެންމެ ބޮޑު މިސްކިތެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ