އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ޚަބަރު ފަހުގެ

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފިއެވެ.

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވާދެއްވީ މިއަދު އެކަމަށްޓަކާއި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްދާޒު އަހްމަދު މުއުތަސިމް އަދުނާނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުގެ ހިދުމަތް ދިނުމުގައި އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވާދެއްވުމަށް އެދިވަޑައިގަންވާ ކަމަށެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެ ކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީއަތް ކުރެވޭނެ ގޮތްތައް އިހްތިޔާރު ކުރުން މުހިންމުކަމަށް ފާހަގަ ކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުޑަކުދިން ކޯޓަށް ހާޒިރުކުރަން ޖެހޭ މައްސަލަތަކުގައިވެސް އިޖުރާއަތްތައް ފުރިހަމަ ކުރެއްވުން މުހިންމު ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓަށް ޒިޔާރަތްކުރައްވާ އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓުހިންގުމަށް އައު ޢިމާރާތެއް އެޅުމަށް ހަވާލުކުރީ 2021 ވަނަ އަހަރު އަނގޮޅިތީމް ކައުންސިލާއެވެ. މިއަހަރުގެ މާޗްމަހުގެ ތެރޭގައި މަސައްކަތް ފަށާއި، 8 މަސްދުވަހުގެ ތެރޭގައި ވަނީ އަނގޮޅިތީމު ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ނިންމާލާފައެވެ.

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުއްވާ ދެއްވުމަށް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރު ވަނީ ރ. ވާދޫ މެޖިސްޓްރޭޓް ކޯޓަށާއި، ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށާއި، ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި އެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވިއެވެ.

މިދަތުރުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ