ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު، މެޔަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ.މަޑަވެލި ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކާ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ މަރުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މަޑަވެލި ހެލްތު ސެންޓަރު ކައިރިއަށް ޖަމާވެ، ފުލުހުންނާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި މި ހާދިސާ ހިނގީ ފުލުހުން އަނިޔާ ކުރުމުން ކަމަށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ، އޭނާ ހައްޔަރު ކޮށްގެން ގެންދިޔަ އިރު އަނިޔާ ނުކުރާ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ގެންގޮސްފައިވަނީ، ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށް ބުނެފަ އެވެ. އަދި އެ ލޯންޗުގައި އާއްމުންވެސް ތިބި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ