ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އަސްކަރީ ދަތުތުތަކަކަށް، އެރަށުން މީހުން ބާލާނެ: ޔާމީން

ފަހުގެ ސިޔާސީ

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އަސްކަރީ ދަތުތުތަކަކަށް ކަަމަށާއި އެރަށުން މީހުން ބާލާނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު ނ.ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ހަނިމާދޫއަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫން. ހަނިމާދޫއަކީ ކުރިއަށް އޮތްތަނުގައި ދިވެހި މަދަނީ ވައިގެ ދަތުރުފަތުރަށް ވެސް ލިބޭނެ ތަނެއް ނޫން. ހަނިމާދޫ އެއާޕޯޓު އެ ބޮޑުކުރަނީ އިންޓަނޭޝަނަލް އެއާޕޯޓެކޭ ކިޔާފައި ތިން ކިލޯމީޓަރަށް. އެއީ އަސްކަރީ ޖެޓު ފަހަރު ޖައްސާ ނަގަން ތައްޔާރުކުރެވެމުންދާ އެއާޕޯޓެއް. އެއީކީ އެއްގޮތަކަށް ވެސް މަދަނީ އުދުހުންތަކަކަށް ބޭނުންވާ ވަރުގެ އެއާޕޯޓެއް ނޫން. އެއީ އިންޑިއާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް އެއާޕޯޓެއް” ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެ އެއާޕޯޓަށް ރާއްޖޭގެ ބޯޓުތައް ޖެއްސުމުގެ ކުރިން އިސްކަން ދޭނީ އިންޑިއާގެ ހެލިކޮޕްޓަރުތަކަށާއި އަދި އިންޑިއާއިން ޖައްސަން ބޭނުންވާ ބޯޓުތަކަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަށް ދެން އިތުރު ދައުރެއް ދީފިނަމަ ހަނިމާދޫން މީހުން ވެސް ބާލާނެ ކަމަށެވެެ.

“މި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިހާރު މި ސަރުކާރުން ކުރާ ކަންތައްތައް ކުރަމުން ގޮސް އެ މީހުން ކާމިޔާބުކުރާ އިންތިހާބަކަށް ވެއްޖިއްޔާ އެންމެ ފުރަތަމަ ކުރާނެ ކަމަކީ ބައެއް ރަށްރަށުން މީހުން ބާލާނީ. ހަނިމާދޫން މީހުން ބާލާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ހަނިމާދޫ އެއާޕޯޓް އެމީހުން ނަގާނެ.” ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ