ހުޅުމާލޭގައި ހަދާ ސަރުކާރު އޮފީސް އިމާރާތް ނިންމައި ތިން މިނިސްޓްރީއެއް ޑިސެމްބަރުގައި ހުޅުމާލެ އަށް

ޚަބަރު ފަހުގެ

ހުޅުމާލޭގައި ހަދާ ސަރުކާރު އޮފީސް އިމާރާތް ނިންމައި ޑިސެމްބަރު މަހު ތިން މިނިސްޓްރީއެއްގެ އެތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ އިމާރާތުގެ މަސައްކަތް ފެށީ ކުރިން މާލޭގައި ގިނަ އޮފީސްތަކެއް ހިންގަމުން އައި ހުރަވީ ބިލްޑިންގް ބޭނުން ކުރުން ހުއްޓައިލުމާ ގުޅިގެން ސަރުކާރުގެ އޮފީސްތައް އެތަނުން ބަދަލު ކުރަން ޖެހުމުން ދިމާވި ޖާގައިގެ ދަތިތައް ހައްލުކުމުރުގެ ގޮތުންނެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް އަމިއްލަ މީސްމީހުންގެ ތަންތަނުގައި ކުއްޔައް ނަގައިގެން ބޭނުން ކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންވެ ހުޅުމާލޭގައި ސަރުކާރު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު އަންނަ މަހަށް އެތަނުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެތަނަށް ތިން މިނިސްޓްރީއެއްގެ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގައި ބަދަލުކޮށް މަސައްކަތް ފެށޭނެ ކަމަށެވެ.

ހުޅުމާލޭގައި ހަދާ ސަރުކާރު އޮފީސް އިމާރާތައް ބަދަލު ކުރަން މި ވަގުތު ހަމަޖެހިފައި ވަނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އަށް ޖެންޑަ މިނިސްޓްރީ، ތިން ވަނަ ފަންގިފިލާ އަށް ޓްރާންސްޕޯޓު މިނިސްޓްރީ އަދި ފަސް ވަނަ ފަންގިފިލަ އަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ.

އެ އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ބޭނުން ކުރާނީ ޕާކިންއަށެވެ. ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އެމެރިކާ އެމްބަސީންނެވެ. އަދި ހަ ވަނަ ފަންގިފިލާގައި ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމް އަދި ޓެރަހެ ހިމެނެއެވެ.

އިމާރާތުގެ ކޮންމު ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓު ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ސަރުކާރު އޮފީސް އިމާރާތުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރު ފެބްރުއަރީ މަހު އެވެ. ނަމަވެސް ކޯވިޑުގެ ހަލަތާ ހެދި އިމާރާތުގެ މަސައްކަތް ކުރިން ޕްލޭންކުރި ގޮތަށް ވުރެ ލަސްވެގެން ދިޔައީ އެވެ.

ސަރުކާރުގެ އޮފީސް އިމާރާތެއްގެ ގޮތުގައި ކުރީން ބޭނުން ކުރަމުން އައި ހުރަވީ ބިލްޑިންގް މި އަހަރު ވަނީ ތަޅާލައިފަ އެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެތަނުގެ ސްޓީލް ސްޓްރަކްޗަ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވުމުން، އެތަން ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ނުވަތަ ވައިގެ މަގުން ދެވޭ ރަށެއްގައި، ސަރުކާރުގެ ލިއުންތަކާއި ފައިލް ބަލަހައްޓާ އިމާރާތެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ