ތަމްރީނު ހަދަމުން ގެންދިޔަ ކަރެކްޝަންގެ އޮފިސަރަކު ނިޔާވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ތަމްރީނެއް ހަދަމުން ދަނިކޮށް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކު ނިޔާވެއްޖެއެވެ.

ކަރެކްޝަންސްއިން ބުނީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިން ކޯސް މާފުށި ޖަލުގައި ހަދަމުން ދަނިކޮށް މަރުވީ އާމިނަތު ނަޝްވާ ނަސީމް ކިޔާ 18 އަހަރުގެ ކުއްޖެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ މާފުށީގައި ތަމްރީން ހަދަމުންދިޔަ، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 11:15 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ