ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުالله ރަޝީދުގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް، މިރޭ ވަޅުލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރަޝީދުގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންވެ، ރަޝީދުގެ ޖަނާޒާގެ ކަންކަން އާއިލާއިން ވަނީ މަޣްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ބޭއްވުމަށް ނިންމައިފަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ގދ. ހޯނޑެއްދޫން ހައްޔަރުކޮށްފައި ހުއްޓާ ރަޝީދު މަރުވީ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށްފަހު ކަމަށް ފުލުހުން ބުނެ އެވެ.


