އިސްލާމިކް ޔުނިވަސިޓީގެ ހަނިމާދޫ ލަރނިން ސެންޓަރ ހުރި ބިން ސިފައިންގެއަށް ނަގަނީ

ހަނިމާދޫ ޚަބަރު ފަހުގެ

އިސްލާމިކް ޔުނިވަސިޓީގެ ލަރނިން ސެންޓަރ ހުރި ބިން އެމް.އެން.ޑީ.އެފަށް ނަގަން އުޅޭކަމުގެ މައުލޫމާތު ގޮށްކޮޅަށް ލިބިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަނިމާދޫ ކައުންސިލާއި މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ ވަނީ ބައްދަލުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއަރޕޯޓް ބޮޑުކުރުމުގެ މަސްރޫއާއި ގުޅިގެން، ހަނިމާދޫގައި ސިފައިން ގާއިމުވެތިބޭ ފުނަވަލުގެއިން ނުކުންނަން ޖެހޭތީ ހަނިމާދޫ ސްކޫލް ކުރީގައި ހިންގި އިމާރާތް ސިފައިން ތިބުމަށް ދިނުމަށް މި ބައްދަލުވުމުގައި މާރިއާ އެދިލައްވާފައިވާކަމަށް ހަނިމާދޫ ކައުންސިލުގެ އިސް އޮފިސަލަކު ގޮށްކޮޅަށްވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ނަމަވެސް އެއީ މިނިސްޓްރީ އޮފް އެޑުކޭޝަނުގެ ބިމެއްކަމާއި އެތަނުގައި މިހާރު އިސްލާމިކް ޔުނިވަސްސިޓީގެ ލަރނިން ސެންޓަރ ހިންގާކަމަށް ހަނިމާދޫ ކައުންސިލުން ބުނި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އަދި އެޑިޔުކޭޝަނުން އެތަން ދޭނަމަ އެތަން ބޭނުން ކުރުމުގައި ހަނިމާދޫ ކައުންސިލުން އެއްވެސް މައްސަލައެއް ނެތްކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

މީގެކުރިން ހަނިމާދޫ ކައުންސިލުން ގުރުއާން ކުލާސް ހިންގުމަށްވެސް އެބިމުގައި ހުރި ކުލާސްތަށް ހޯދަން އުޅެވަނީ ލިބޭގޮތް ނުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ